އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ލިޔުނީ ޑރ. އައިމިނަތު ޒަހްރާ ޝާއިޢު ކުރީ 12/02/2020

މާބަނޑު އިރު ބަރުދަން އިތުރުވާންޖެހެނީ ކިހާ މިންވަރަކަށް؟

މާބަނޑު އިރު ބަރުދަން އިތުރުވާން ޖެހޭނީ ކިހާ ވަރަކަށް އަދި އޭގެ ސަބަބުން ދަރިފުޅަށާއި މަންމައަށް ކުރާނީ ކޮން އަސަރުތަކެއް؟
Dr Aminath Zahra Avatar
ޑރ. އައިމިނަތު ޒަހްރާ

ޝާއިޢު ކުރީ: 12/02/2020

DhulhaHeyoSihhathu Pregnancy Dr Aminath Zahra Gynecology
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާބަނޑު އިރު ބަރުދަން އިތުރުވާން އެންމެ ރަނގަޅު މިންގަނޑު ބަލަނީ ބަލިވެ އިނުމުގެ ކުރިން ބޮޑީ މާސް އިންޑެކްސް (ބީ.އެމް.އައި) އަށް ބަލާފައެވެ.

 

ބީ.އެމް.އައި އަކީ ކޮބާ؟

ބޮޑީ މާސް އިންޑެކްސް (ބީ.އެމް.އައި) އަކީ މީހާގެ އިސްކޮޅާ ބަރުދަން ހިސާބު ކުރާ އެއްޗެކެވެ. ބީ.އެމް.އައި އިން ދައްކައިދޭނީ ހަށިގަނޑުގެ ބަރުދަން ހުރީ ހުންނަންވާ ވަރަށް ވުރެ މާ ދަށްކޮށްތޯ (އަންޑަރ ވެއިޓް)، ނުވަތަ ހުންނަން ވީ އެންމެ ރަނގަޅު މިންވަރަށްތޯ (ނޯމަލް ވެއިޓް)، ނުވަތަ ހުންނަން ވާ ވަރަށް ވުރެ އިތުރުކޮށްތޯ (އޯވަރ ވެއިޓް)، ނުވަތަ ބަރުދަން އިތުރުވެ މާ ބޮޑަށް ފަލަވެފަތޯ (އޮބީސް) އެވެ.

ބީ.އެމް.އައި ހޯދުމަށްޓަކައި ބީ.އެމް.އައި ކަލްކިއުލޭޓަރެއް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ތިރީގައިވާ ޗާޓުވެސް ބޭނުން ކުރެވޭނެއެވެ.

 

މާބަނޑު އިރު ބަރުދަން އިތުރުވާންވީ އެންމެ ރަނގަޅު މިންވަރުތައް

އެންމެ ކުއަޖަކަށް ބަލިވެ އިން ނަމަ މުޅި ޕްރެގްނަންސީ ގައި ބަރުދަން އިތުރުވާން އެންމެ ރަނގަޅު މިންވަރުތައް:

ބީ.އެމް.އައި < 18.5 : ހުންނަންވާ ވަރަށް ވުރެ ބަރުދަން މާ ދަށްކޮށް (އަންޑަރ ވެއިޓް) ނަމަ – 12.5-18 ކގ އަށް

ބީ.އެމް.އައި 18.5-24.9 : ބަރުދަން ހުންނަން ވީ އެންމެ ރަނގަޅު މިން (ނޯމަލް ވެއިޓް) ނަމަ – 11.5-16.0 ކގ

ބީއެމް.އައި 25.0-29.9 : ހުންނަން ވާ ވަރަށް ވުރެ ބަރުދަން އިތުރުކޮށް (އޯވަރ ވެއިޓް) ނަމަ – 7.0-11.5 ކގ

ބީ.އެމް.އައި ≤ 30.0 : ބަރުދަން އިތުރުވެ މާ ބޮޑަށް ފަލަވެފައި (އޮބީސް) ނަމަ – 5.0-9.0 ކގ

 

ބަރުދަން އިތުރުވާނަމަ

މި މިންގަނޑު ތަކުން ބަލާފައި އެއަށްވުރެ ބަރުދަން އިތުރު ވާނަމަ މައިމީހާ އާއި ދަރިފުޅަށް އެކި ބަލިތައް ދިމާވުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި 

  • މައިމީހާގެ ހަކުރު/ލޭގެ ޕްރެޝަރ މަތިވުން، 
  • ދަރިފުޅުގެ ބަރުދަން މާ އިތުރުވެ ބޮޑުވުން، 
  • ވިހެއުމަށް އުނދަގޫވުން؛ މައިމީހާއަށް ނުވަތަ ދަރިފުޅަށް އެކި ވަރުގެ ގެއްލުންވުން، 
  • އަދި އޮޕަރޭޝަން ކޮށްގެން ކުއްޖާ ނަގަން ޖެހުން 

 

ބަރުދަން އިތުރުވާންވީ ވަރަށް އިތުރު ނުވާނަމަ

ބަރުދަން އިތުރުވާންވީ ވަރަށް އިތުރު ނުވާނަމަ ވެދާނެ ކަންތައްތައް:

  • ދަރިފުޅު ހެދި ބޮޑުވުމަށް ހުރަސް އެޅުން (އައި.ޔޫ.ޖީ.އާރް)،
  • ދަރިފުޅުގެ ބަރުދަން އިތުރު ނުވުން (އެސް.ޖީ.އޭ)،
  • ދުވަސް ނުފުރާ ވިހެއުން، އަދި އޭގެ ސަބަބުން ދަރުފުޅު ނޭވާލާން އުނދަގޫވުން ފަދަ ދުވަސް ނުފުރާ ވިހާ ކުދިންނަށް ދިމާވާ އެހެނިހެން ކަންތައްތައް
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ