އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ދިވެހި ބޭސް
ލިޔުނީ އަލީ ރަޝީދު އިބްރާހީމް ޝާއިޢު ކުރީ 26/02/2020

ތަނަކުން ވެއްޓި ޖެހި ތަދުވެއްޖެނަމަ ދިވެހިބޭހުގެ ފަރުވާ

މިފަދަ އަނިޔާއަކަށް ފަހު ތަދު ފިލުވުމަށްޓަކައި އަވަސް ފަރުވާ އެއް ބޭނުންވެއެވެ.
Ali Rasheed Ibrahim Avatar
އަލީ ރަޝީދު އިބްރާހީމް

ޝާއިޢު ކުރީ: 26/02/2020

Ruggalu beys Ali Rasheed Ibrahim
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިރިއުޅުމުގައި މަދުން ނަމަވެސް ޖެހި ތަދަށް ފަރުވާ ހޯދުމަކީ ކުރަން ޖެހިފައި އޮންނަ ކަމެކެވެ. ތަނެއްގެ މަތިން ވެއްޓި ނުވަތަ ސިޑިން ފައިބަނިކޮށް ވެއްޓި ތަދު ވެއްޖެނަމަ އަވަސް ފަރުވާއެއް ހޯދުން މުހިއްމެވެ.

މިލިޔުމުގައި ގެނެސްދެނީ ޖެހި ތަދުވުމުން ގޭގައި ދެވޭނެ ފަރުވާ އެކެވެ. މިކަމަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ ބޭހަށް ކިޔަނީ ރުއްގަލު ބޭހެވެ.

 

ބޭނުންވާ ތަކެތި

5 ގްރާމް ދޮންބޭސް

5 ގްރާމް ހަބަރު

1 އަރޮޅި (ބޮޑު)

1 އެސްމާ

ތައްޔާރު ކުރާނެ ގޮތް

1 ނުވަތަ 2 ކުކުޅު ބިހުގެ ލޮދީގައި ބޭސްތައް ގާނާލާށެވެ. 

ބޭނުންކުރަންވީ ގޮތް

ތަދުވިތާ ބޭސް ވަށާ މަތިން ތުނި ކަފަ ހިއްޕުމަށްފަހު ކަފަމަތިން ބޭސް ހާކާ ކަފަގަނޑު ބޭހުން ތެތްމާށެވެ. މިއަށްފަހު އަމިއްލައަށް ބޭސްގަނޑު ނެއްޓެއްދެން ބާއްވާށެވެ. މިމުއްދަތުގައި އެތަނުގައި ފެން ނުޖެއްސުމަށް އިސްކަމެއް ދޭށެވެ.

 


ނ. ހެނބަދޫ / ތުނޑި އަލީ ރަޝީދު އިބްރާހީމް އަކީ ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދައިފައިވާ ދިވެހި ބޭހުގެ ތަރިއެކެވެ. މިދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަލީ ރަޝީދު، އޭނާގެ އަމިއްލަ ކްލިނިކް ކަމަށްވާ "އަލީ ރަޝީދު ދިވެހިބޭސް ކުލިނިކު" ގައި ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް ފަރުވާ ދެމުން ގެންދަވައެވެ. މިލިޔުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7820213 އަށް ގުޅުއްވާ!

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ