
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓާޖޭ އޮޕަރޭޝަނެއް ގދ. ތިނަދޫގައި ހުންނަ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކާމިޔާބު ކަމާއެކު ކޮށްފިއެވެ.
ކިނބިއްސެއް އެޅުން ފަދަ ވަރަށް ކުޑަކުޑަ ހަރަކާތަކުން ވެސް 30 އަށްވުރެ ގިނަފަހަރު ކޮނޑުހުުޅު ނެއްޓިފައިވާ އުމުރުން 70 އަހަރުގެ މީހެއްގެ އެ ހުޅު ރަނގަޅު ކުރުމަށް، މި އޮޕަރޭޝަން ކުރެއްވީ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކަށީގެ ހާއްސަ ޑޮކްޓަރު އާޒިމް އަހުމަދެވެ.
#Laterjet procedure (a reconstruction surgery of the shoulder joint to treat repeated shoulder dislocation) was done at ASMH. This is a huge achievement for the hospital as this is one of the most complex surgeries in orthopedics and never done before in Maldives.@MoHmv pic.twitter.com/xdqgWp2djG
— Dr. Abdul Samad Memorial Hospital (@drasmhospital) September 8, 2020
ލެޓާޖޭ އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ ކޮނޑުހުޅު ކައިރިގައި ހުންނަ ކަށިކޮޅެއް ހުޅު އެތެރޭގެ ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިގެނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި މި އޮޕަރޭޝަނުގައި ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވީ އާޒިމް އެކަންޏެވެ. އާއްމުކޮށް އެހެން ޑޮކްޓަރުންގެ ޓީމަކާ އެކު ކުރާ މި އޮޕަރޭޝަން، އޭނާގެ އެކަނި މަސައްކަތުން ކާމިޔާބުވުމަކީ، އެ ހޮސްޕިޓަލުން ދެކޭ ގޮތުގައި، ވަރަށް ބޮޑު ޝަރަފެކެވެ.
އެ ހޮސްޕިޓަލުން ބުނީ މި އޮޕަރޭޝަނަކީ ކަށީގެ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް އޮޕަރޭޝަން ކަމަށާއި މި އޮޕަރޭޝަން ކުރެވުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)