
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 70 މީހަކު ޕޮޒިޓިވްވެ، 210 މީހުން ކޮވިޑު ބަލިން ރަނގަޅު ވެއްޖެ އެވެ.
މިއަދުވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހީންނާއި 22 ބިދޭސީންނެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 65 މީހުނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް 5 މީހުންނަކީ އަތޮޅުތަކުގެ ތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުނެވެ.
މިހާތަނަށް ކޮވިޑު-19 ޖެހި ބަލިން ރަނގަޅުނުވެ އަދިވެސް 1،668 މީހުން އެބަތިއްބެވެ. އަދި އޭގެތެރެއިން 105 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ކޮވިޑު ބަލީގައި ވަނީ މިހާތަނަށް 33 މަރުވެފަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,243 އަރާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)