ދުނިޔޭގެ ހިތުގެ ދުވަސް: މައްސަރުގެ މައްސަލަތަކާއި އަންހެނުންގެ ހިތުގެ ދުޅަހެޔޮކަމާއި ގުޅުމެއްވޭތަ؟

އަންހެނުންގެ ދިމާވާ މައްސަރުގެ މައްސަލަތަކާއި ހިތުގެ ދުޅަހެޔޮކަމާއި ވަރަށް ބޮޑު ގުޅުމެއް ވޭ" ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފޯރޓްސް ގްރްގްރާމްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ، ޑރ. ނުޕުރް ގުޕްތާ ވިދާޅުވީ މިފަދައިންނެވެ.
އިއްޔެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ބައިނަލްއަޤްވާމީ ހިތުގެ ދުވަސް ފާހަގަކޮށްފައެވެ. މި ދުވަސް ފާހަގަކުރަނީ އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވާ ހިތާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ދުޅަހެޔޮ ހިތެއްގެ ވެރިއަކަށް ވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މީހުން އަހުލުވެރިކުރުވުމަށެވެ.
އެގޮތުން މިއަހަރުގެ ހިތުގެ ދުވަހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ނުޕުރް ވިދާޅުވީ އާންމުގޮތެއްގައި މައްސަރުގެ މައްސަލަ ހުންނަ އަންހެނުން މޭގައި ރިހުން ނުވަތަ އެންޖައިނާ ވަރަށް ގިނައިން ތަހައްމަލްކުރަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ހިތުގެ ޓެސްޓެއްގެ ގޮގައި ހަދާ ޓްރެޑްމިލް ޓެސްޓުން ގިނަ ފަހަރަށް މައްސަރުގެ މައްސަލަ ހުންނަ މީހުންގެ ނަތީޖާ ފެންނަނީ ވަރަށް ދަށްކޮށް ކަމަށްވެސް ނުޕުރް ވަނީ ވިދާޅުވެފަ އެވެ.
އަންޖައިނާ އަކީ ހިތަށް ލޭ ފޮނުވައިދޭ މިންވަރު ދަށްވުމުގެ ސަބަބުން އުފެދޭ ވަގުތީ މޭގެ ރިހުމެކެވެ. އެކި މީހުންނަށް މި ތަދު އެކި ގޮތްގޮތަށް ދިމާވެއެވެ. އޭގެތެރޭގައި މޭ އެންދުން، މެއަށް ބަރުވެފައި ހުރުން އަދި މޭކަށިގަނޑު ފިތިފައި ހުންނަ ފަދަ ގޮތަކަށް ވެސް ބައެއް ފަހަރު އިހްސާސް ކުރެވެއެވެ. އަދި ބައެއް ހާލަތްތަކުގައި މި ތަދު ކަނދުރާ އަދި އަތަށް ފެތުރެން މެދުވެރިވެއެވެ. ހަމައެހެންމެ ބައެއް މީހުންނަށް ކަސްރަތު ކުރުމުން ނުވަތަ މާބޮޑަށް ސްޓްރެސް ވުމުންވެސް މި ތަދު އިހްސާސް ވެއެވެ.
"އަންޖައިނާ އެޓޭކް އާންމު ގޮތެއްގައި ކުރިމަތިވާނީ ވަރަށް މަދު ވަގުތުކޮޅަކަށް. އަދި ބައެއް ފަހަރު ބައިގަޑިއިރަށް ދިގުދެމިގެންވެސް ގޮސްދާނެ. އަންޖައިނާ އެޓޭކް އަކީ ހާޓް އެޓޭކެއް ނޫން. އެކަމުގެ މީގެ ސަބަބުން ހާޓް އެޓޭކެއް ޖެހުމަށް މަގުފަހި ވެދާނެ. އެހެންކަމުން އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭ" ޑރ. ނުޕުރް ވިދާޅުވި އެވެ.
އާންމުގޮތެއްގައި އަންޖައިނާ އެޓޭކް އަންނަ މީހުންނަށް ހަދަނީ ޓްރެޑްމިލް ޓެސްޓެވެ. އެގޮތުން ޑޮކްޓަރގެ ލަފާގެ ދަށުން ބަލިމީހާ ޓްރެޑްމިލްއެއްގައި ދުވަމުން ދާއިރު، ހިތުގެ ހިނގުން ހުންނަ ވަރު މޮނީޓަރ ކުރަމުންދާނެ އެވެ. މީގެ ސަބަބުން ހިތަށް ލޭ ފޮނުވައިދިނުމުގައި ހުރި ދަތިތައް ފަސޭހައިން ދެނެގަނެވޭނެ އެވެ.
މީގެކުރިން ހެދި ދިރާސާއަކުން ވެސް ވަނީ ގާތްގަނޑަށް އުމުރުން ސާޅީސް އަހަރާއި ގާތްކުރާ އުމުރުގެ އަންހެނުންނަށް މި މައްސަލަ ވަރަށް ގިނައިން ދިމާވާކަން ހޯދިފަ އެވެ. އެގޮތުން އުމުރުން 39 އަހަރުގެ ހިތުގެ ބަލި އަދި މޭގައި ރިހުން ހުރި 9 އަންހެނުން ވަނީ މި ދިރާސާ ހެދުމަށްޓަކައި ޓްރެޑްމިލް ޓެސްޓް ހަދާފައެވެ. ނަތީޖާއެއްގެ ގޮތުން ވަނީ މި އެންމެންގެ ވެސް ހިތަށް ލޭ ފޮނުވައިދޭ މިންވަރު ދަށްކަން ދެނެގަނެވިފަ އެވެ.
ހަމައެހެންމެ، ވަކިން ހާއްސަކޮށް މައްސަރުގެ ދުވަސްވަރު ނުވަތަ މައްސަރުން ރަނގަޅުވާ ދުވަސްވަރު މިކަން ވަކިން ބޮޑަށް ވަނީ ފާހަގަކުރެވިފަ އެވެ.
ހަމަ އެހެންމެ މައްސަރުގެ މައްސަލަތައް އަދި ހިތުގެ ބަލި ހުންނަ މީހުންނާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރަމް (ޕީސީއޯއެސް) އާއި ވެސް ގުޅުމެއް ވާކަން ވަނީ ދެނެގަނެވިފަ އެވެ. ހާއްސަކޮށް އުމުރުން 40 އާއި ގާތްކުރާ އުމުރުގެ ޕީސީއޯއެސް ހުންނަ އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރަސަތު ވަރަށް ބޮޑުކަން ވަނީ ހޯދިފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)