އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/11/2020

މި ދުވަސްވަރު ރޯގާ އާއި ބޭރަށް ހިންގާވަރު ދަނީ އިތުރުވަމުން: އެޗްޕީއޭ

އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އިތުރުވަމުން ދާތީވެ، އަމިއްލަ ސާފުތަަހިރުކަމާއި އަދި ވަށައިގެން ދިރިއުޅޭ މީހުންނަށް ބަލި ނުފެތުރޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. (ފޮޓޯ: އަވަސް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/11/2020

HPA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި ހަ މަހާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރުމަހު އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގާ ވަރު އިތުރު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ރޯގާގެ ގޮތުގައި ފެތުރޭ ބަލީގެ ރިޕޯޓުގައި ވާގޮތުން ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާގެ ރިޕޯޓުކޮށްފައިވަނީ 3،154 ކޭސް އެވެ. ނަމަވެސް އޮކްޓޫބަރު މަހު މި އަދަދު ވަނީ 5،782 އަށް އިތުރުވެފަ އެވެ.

ހަމައެހެންމެ ބޭރަށް ހިންގުމުގެ 1،003 ކޭސް އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު މި އަދަދު އުޅެނީ 767 ގައެވެ.

އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އިތުރުވަމުން ދާތީވެ، އަމިއްލަ ސާފުތަަހިރުކަމާއި އަދި ވަށައިގެން ދިރިއުޅޭ މީހުންނަށް ބަލި ނުފެތުރޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.

އަދި މި ދުވަސްވަރު ހޮސްޕިޓަލަށް ދިއުން ވީހާވެސް މަދުކޮށް، ސްކޫލްކުދިން 2 ދުވަހަށްވުރެ އިތުރަށް ބޭރަށް ހިންގާނަމަ ސްކޫލަށް ނުފޮނުވުމަށް ވެސް ވަނީ ލަފާދީފަ އެވެ.

ރޯގާގެ އިތުރުން އެހެން  އަހަރުތަކުގެ މި ދުވަސްވަރުވަރު ޑެންގޫ ފެތުރޭ މިންވަރު އިތުރުވި ނަމަވެސް ނިސްބަތުން މި އަހަރު ޑެންގޫގެ ކޭސް ރިޕޯޓުކޮށްފައިވާ ވަރު މަދުކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެހެންމެ ވައިރަލް ހުން، ފާނަ ބަސަންދު އަދި ލޮލު ރޯގާ ބަލިތައްވެސް އާންމުކޮށް އުޅޭވަރަށް ވުރެ އިތުރު ނުވާކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ