އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/02/2020

މިއީ ހިތުގެ ބައްޔަށް މަގުފަހިވާ އެންމެ ނުރައްކާތެރި ތިން ސަބަބު

ހިތުގެ ބައްޔެއް ކުރިމަތިވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/02/2020

Heart disease
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހިތުގެ ބަލިތަކުގެ ވާހަކައަކީ އަހަރުމެންގެ އާއްމު ދިރިއުޅުމުގައި އަބަދުވެސް އަޑުއިވޭ ވާހަކަތަކެކެވެ. އެހެންނަމަވެސް އެފަދަ ކަމެއް އިހްސާސް ނުކުރެވޭ ހިނދެއްގައި އެކަމުގައި ހުރި ގެއްލުން ދެނެގަތުން އަހަރުމެންނަށް ވެފައިވަނީ ދަތިކަމަކަށެވެ.

ހިތުގެ ބައްޔެއް ކުރިމަތިވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ވެއެވެ. މިއީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އަހަރެމެންގެ އާބާދީގެ ބޮޑު އިންސައްތައެއް މިހާރުވެސް ހަނގުރާމަކުރަމުންދާ އެއް ބައްޔެވެ.

ހިތުގެ ބަލި ތަހައްމަލް ކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން އެންމެ އާއްމު އެއް ސަބަބަކީ އުމުރުން ދުވަސްވުމާއި އާއިލީ ވާރުތަކުރުމެވެ. މި ސަބަބުތަކަކީ އަމިއްލަ އިހްތިޔާރުން ބޭރުގައިވާ ކަންކަމެވެ.

އެހެންނަމަވެސް އަމިއްލައަށް މަސައްކަތްކޮށްގެން ހިތުގެ ބަލީގެ ނުރައްކާ ކުޑަކުރެވިދާނޭ ފަދަ ކަންކަން އެބަހުއްޓެވެ.

އެގޮތުން ކްލީވްލޭންޑް ކްލިނިކްގެ ޕްރިވެންޓިވް ކާރޑިއޮލޮޖީ އެންޑް ރެހިބިލިޓޭޝަންގެ ރެޖިސްޓާރޑް ޑައިޓީޝަނެއް ކަމަށްވާ ޖޫލިއާ ޒުމްޕާނޯގެ ނަޒަރުގައި އޭގެތެރެއިން އެއް ކަމަކީ ސްޓްރެސް މެނޭޖްކުރުމެވެ. 

ޒުމްޕާނޯ ބުނިގޮތުގައި ސްޓްރެސް މެނޭޖް ކުރުމަށް ކުރެވިދާނެ ކަންކަން ވަރަށްވެސް ގިނައެވެ. އޭގެތެރެއިން އެންމެ އާދައިގެ ކަމަކަށް ފުންކޮށް ނޭވާވެސް ލެވިދާނެއެވެ. ނުވަތަ ކަސްރަތު ކުރުން އަދި ކޮންމެ ދުވަހެއްގެ 7-9 ދެމެދުގެ ނިދި ހަމަޔަށް ލިބުން ފަދަ ކަންކަން ހިމެނެއެވެ.

އެހެންނަމަވެސް ސްޓްރެސްވުމަކީ އަދި ހިތުގެ ބަލި ޖެހުމަށް މަގުފަހިވާ އެންމެ ބޮޑަށް ފަރުވާކުޑަކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ނޫނެވެ.

ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އާބާދީގެ ބޮޑު އިންސައްތައެއް ހަނގުރާމަކުރަމުންދާ ބައްޔަކީ ހިތުގެ ބަލިތައް

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން 3 ސަބަބެއް ފާހަގަކޮށްފައި ވެއެވެ. މި ތިންކަމުގެ ތެރޭގައި ހިމެނެނީ:

ލޭ މައްޗަށް ދިއުން: ލޭ މައްޗަށް ދިއުމަކީ އޭގެ ސަބަބުން އިންސާނާގެ ހިތުގެ ބައްޔަށް އަދި އެހެން ގުނަވަންތަކަށްވެސް ގެއްލުން ލިބުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން: ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައިވާ ލޭ ދަތުރުކުރާ ހޮޅިތަކަށް ސިފަނުކުރެވޭހާ ބޮޑެތި ގެއްލުންތައް ލިބެއެވެ. އަދި ލެއަށް ފޮނުވައިދޭ އޮކްސިޖަންގެ ލެވެލްވެސް މިކަމުގެ ސަބަބުން ދަށްކޮށްލަ އެވެ.

ކޮލެސްޓްރޯލް ލެވެލް މައްޗަށް ދިއުން (ބޭޑް ކޮލެސްޓްރޯލް): އާރޓެރީސް (ހިތުން ގުނަވަންތަކަށް ލޭ ދައުރުކޮށްދޭ ނާރުތައް) ގައި ކޮލެސްޓްރޯލް ލެވެލްގެ މަތިވުމުގެ ނަތީޖާއަކީ ހަށިގަނޑުގައި ވާ އެހެންގުނަވަންތަކަށް ލޭ ފޮނުވައިދިނުމަށް ދަތިވުމެވެ. މީގެތެރޭގައި ހިތާއި ސިކުނޑިވެސް ހިމެނެ އެވެ.

 

މި ތިން ނުރައްކާތެރި ސަބަބުތައް ކޮންޓްރޯލް ކުރުމަށްޓަކައި އަހަރުމެންނަށް ކުރެވޭނެ އެންމެބޮޑު މަސައްކަތަކީ އާއްމު ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައި އަދި ގިނަގިނައިން ހަރަކާތްތެރިވެ އުޅުމާއި ކެއުމުގައި ވީހާވެސް ތެލުގެ ބާވަތްތައް މަދުކޮށް ދުޅަހެޔޮ ކާނާ ބޭނުންކުރުމަށް ސިއްހީ މާހިރުންވެސް އިރުޝާދުދެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ